Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޑެންގީ ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ށ. މިލަންދޫ ޒުވާނާކު ނިޔާވެއްޖެ އެވެ.

މިއަދު ނިޔާވީ އެ ރަށު މަގުމަތީގޭއުމުރުން އަހުމަދު ނަބްހާން މުހައްމަދު، 22، އެވެ. އޭނަ ނިޔާވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނަބްހާން އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ މިދިޔަ ހުކުރު ދުވަހު އުފަން ރަށް މިލަންދޫ ސިއްހީ މަރުކަޒުގަ އެވެެ. އެތަނުގައި ފަރުވާ ދެނިކޮށް ހާލު ސީރިއަސްވެގެން ކުޅުދުއްފުށީ ހޮސްޕީޓަލުގައި ފަރުވާ ދިނުމަށް ފަހު، މާލެ ގެންދިޔައީ އިއްޔެ އެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ގައިގައި ރިއްސުމާއި، ލޮލުގެ ފަހަތުގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުން ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައމި ބަލި ނުރައްކާތެރި ދަރަޖައަކަށް ގޮސް، ޑެންގީ ހެމޮރެޖިކް ފީވާ ފަދަ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ދެ އެވެ.