Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

އަބްދުއްރަހީމް ތުރުކީ އަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ތުރުކީ އަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މިއީ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަބްދުއްރަހީމާ އެކު މި ދަތުރުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލިސް އިދާރާގެ މުވައްޒަފުންތަކެއް ވެސް ބައިވެރިވެވަޑައިގަނެ އެވެ.

މަޖިލީހުގެ ރައީސް މިއަދު ތުރުކީ އަށް ފުރާވަޑައިގަތް އިރު، މަޖިލީހުގެ ޖަލްސާތައް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށީ މިއަދެވެ.