ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަލީ އާރިފް އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށްފަހު ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އެކަމަކު އަލީ އާރިފަކީ މިސަރުކާރުގެ މިނިސްޓަރ ފެންވަރުގެ މަގާމަކުން އިސްތިއުފާ ދެއްވި ފުރަތަ ބޭފުޅާ އެވެ.