މީދޫ ގަރާޖަކާއި އިންވެގެން އޮތް އަލައޮޅަކަށް ގެއްލުންވާކަމަށް ބުނެ އެ އޮޅުގެ ވެރިފަރާތުން މީދޫ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ގަރާޖު ބަންދުކުރުމަށް މީދޫ ކޯޓުން ހުކުމް ކޮށްފިއެވެ.
މީދޫގައި ފުޅާދާއިރާއެއްގައި ވެހިކަލްތައް މަރާމާތުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ދޫރެސް ވޯކްޝޮޕް ( ނަޓާ ގަރާޖް ) ގެ ރަޖިސްޓްރީ ބާޠިލްކުރުމަށް ހުކުން ކޮށްފައިވަނީ އެރަށު ޝާން، މަރިޔަމް އަހުމަދު ކޮށްފައިވާ ދައުވާއަކާއި ގުޅިގެން ކޯޓުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަމަށް މައުލޫމާތުލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރިޔަމް އަހުމަދު ކޯޓްގައި ދައުވާކޮށްފައިވަނީ މީދޫ ދޫރެސް އާއި އިންވެގެން އިރުމަތީ ފަރާތުގައި އޮތް ބިމުގައި އޭނާ ހައްދަމުންދާ އަލައޮޅުން ބައެއް ބޭނުންކޮށްގެން ދޫރެސް ވޯކްޝޮޕްގެ ރެމްޕެއް ހަދައި އަދި އެރޭމްޕް ބޭނުންކޮށްގެން ވެހިކަލް ދޮވުމުގެ ސަބަބުން ފެނާއިއެކުވެގެން ތެޔޮ އޮޅަށް އެޅޭތީ އެމައްސަލަ ބަލައިދިނުމަށެވެ.
މީދޫން ވާހަކަ ދެއްކި މީހަކު ބުނީ މިދިޔަ ބުދަ ދުވަހު ކޯޓުން މި ހުކުމް ކުރި ނަމަވެސް އަދި މިހާތަނަށް އެ ގަރާޖް ބަންދުކޮށްފައި ނުވާކަމަށެވެ. އޭނާ ބުނިގޮތުގައި ދޫރެސް ވޯކް ޝޮޕް ހުންނަމަގަކީ ވަރަށް ހަނިމަގަކަށްވެފައި އެސަރަހައްދުގައި ތަފާތު ވެހިކަލްތަށް ޕާކް ކޮށްފައި ބެހެއްޓުމުގެ ސަބަބުން އާއްމުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.