Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އިތުރު މިނިސްޓަރުންތަކެއް އިސްތިއުފާ ދީފި

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ އިތުރުން މިއަދު އިތުރު މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވައިފި އެވެ.

އެގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ފޮރިން މިނިސްޓަރު އަބްދުالله ހަލީލުގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމް ވެސް ވަނީ ވަނީ އިސްތިފާ ދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ބޭފުޅުން އިސްތިއުފާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެންގެވުމާ ގުޅިގެންނެވެ.

މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވި އިރު، ރައީސް މުއިއްޒު ވެރިކަމަށް 2023 ގައި ހޮވިވަޑައިގަތުމާ ގުޅިގެން ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ކެބިނެޓްގައި ތިއްބަވާނީ ވަރަށް އިލްމީ ގާބިލު ބޭފުޅުންތަކެއް ކަމަށެވެ. ނަމަވެސް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރައީސްގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކުރެއްވި އިބްރާހީމް ފައިސަލް މަގާމުން ވަކިކުރެއްވި އެވެ. އަދި މި ސަރުކާރުގެ އެންމެ ފުރަތަމަ ހެލްތު މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅުންތަކެއް ބަދަލުކުރެއްވި އެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި މިނިސްޓަރަކީ މިހާރު އެޗްއާރްސީއެމްގެ ރައީސަކަށް ހުންނެވި ޑރ. އައިޝަތު ރަމީލާ އެވެ. ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެގްރިކަލްޗަ މިނިސްޓަރިކަމުން އޭނަ އިސްތިއުފާ ދެއްވީ ކެންސަރަށް ފަރުވާ ހޯއްދަވަން ޖެހުމާ ގުޅިގެންނެވެ.

މި މަހުގެ 4 ގައި ބޭއްވި ލޯކަލްް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ވެރިކަން ކުރާ ޕީއެންސީ އަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވެސް އިސްތިއުފާ ދެއްވާފައިވެ އެވެ.

އޭގެ ތެރޭގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާއި މިފްކޯގެ އެމްޑީ ފަރުހަތު ޝަހީރާއި ފެން ކުންފުނީގެ އެމްޑީ އަބްދުލް މަތީން ހިމެނެ އެވެ. އަދި އެގްރޯނެޓް ކުންފުނީގެ އެމްޑީ ހުސައިންދީދީ މަގާމުން ވަކިކޮށްފައިވެ އެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް މިއަދު ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ހުސައިން ފަހުމީ އައްޔަންކޮށްފަ އެވެ.