Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މާރިއާ ވެސް އިސްތިއުފާ ދީފި

އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރިޔަމް މާރިއާ ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އަކީ މި ސަރުކާރުގެ އެންމެ ފުރަތަމަ ހަޔަ އެޑިއުކޭޝަން މިނިސްޓަރެވެ. މާރިއާ އެގްރިކަލްޗަ މިނިސްޓަރަކަށް ބަދަލުކުރީ، ކުރިން އެންމެ ފުރަތަމަ އައްޔަންކުރި ޑރ. އައިޝަތު ރަމީލާ ސިއްހީ ހާލަތު ހުރި ގޮތުން 2024 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން ކެބިނެޓަށް ގެނައި ބަދަލުގެ ތެރޭގަ އެވެ.

އެގޮތުން މާރިއާ ހަޔަ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުން ވަކިކޮށް، އެގްރިކަލްޗަ މިނިސްޓަރަކަށް ބަދަލުކޮށް، ހައުސިން މިނިސްޓަރަކަށް ފުރަތަމަ އައްޔަންކުރި ޑރ. އަލީ ހައިދަރު ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަންކުރި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިއަދުގެ މިހާތަނަށް އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް އަދި ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމްގެ އިތުރުން ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ހިމެނިވަޑައިގަނެ އެވެ.