Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ވަރޫންގެ އާ ރޮމްކޮމްގެ ޓީޒާ ދައްކާލައިފި

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 22 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ތަޖުރިބާކާު ޑައިރެކްޓަރު ޑޭވިޑް ދަވަން ހަދާފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.

'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ގެ ލީޑް ތަރިންނަކީ ޑޭވިޑްގެ ދަރިފުޅު ވަރޫން ދަވަނާއި މުރްނާލް ތާކޫރް އާއި ޕޫޖާ ހެގްޅޭ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މޯނީ ރޯއި، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު، މަނީޝް ޕޯލް، ޖިމީ ޝެރްގިލް އަދި މަނޯޖް ޕަހްވާ ފަދަ ފަންނާނުން ހިމެނެ އެވެ.

މި ފިލްމަކީ ބައްޕައާ އެކު ވަރޫން މަސައްކަތް ކުރި ހަތަރު ވަނަ ފިލްމެވެ. ދެބަފައިން އެކީގައި އެންމެ ފަހުން ގެނެސްދިން ފިލްމަކި 2020 ގެ ކޫލީ ނަންބަރު 1 އެވެ.

ވަރޫންގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'ބޯޑާ 2' އެވެ.