ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް މިއަދުގެ މިހާތަނަށް އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ފޮރިން މިނިސްޓަރު، އަބްދުالله ހަލީލް އަދި ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމްގެ އިތުރުން ލޯކަލް މިނިސްޓަރު އާދަމް ޝަރީފާއި އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރިޔަމް މާރިއާ ހިމެނިވަޑައިގަނެ އެވެ.
މި މަހުގެ 4 ގައި ބޭއްވި ލޯކަލްް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވެސް އިސްތިއުފާ ދެއްވާފައިވެ އެވެ.
އޭގެ ތެރޭގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާއި މިފްކޯގެ އެމްޑީ ފަރުހަތު ޝަހީރާއި ފެން ކުންފުނީގެ އެމްޑީ އަބްދުލް މަތީން ހިމެނެ އެވެ. އަދި އެގްރޯނެޓްގެ އެމްޑީ ހުސައިންދީދީ މަގާމުން ވަކިކޮށްފައިވެ އެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް މިއަދު ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ހުސައިން ފަހުމީ އައްޔަންކޮށްފަ އެވެ.