Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ޓޫރިޒަމް މިނިސްޓަރު ތޯރިގު ވެސް އިސްތިއުފާ ދެއްވައިފި

މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިޤް އިބްރާހީމް

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމްް ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިނިސްޓަރު ތޯރިގު އިސްތިއުފާދެއްވި އިރު، އިސްތިއުފާދެއްވި ސަބަބު ސާފެއް ނުވެ އެވެ.

މި ސަރުކާރުގައި ތޯރިގު ފުރަތަމަ ހުންނެވީ އެންވަޔަރަމެންޓު މިނިސްޓަރުގެ މަގާމުގަ އެވެ. ފަހުން ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލާ އެ މިނިސްޓްރީގެ މިނިސްޓަރަކަށް ވެސް އައްޔަނު ކުރީ ތޯރިގެވެ.

ތޯރިގުގެ އިސްތިއުފާއާ އެކު މިއަދުގެ މިހާތަނަށް 8 ވަޒީރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެ ބޭފުޅުންނަކީ:

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް

މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން މިދިޔަ ހަފުތާއެއްގެ ތެރޭގައި އިސްތިއުފާ ދެއްވާފައިވެ އެވެ.