Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

އިސްތިއުފާ ދެއްވި 9 ވަނަ މިނިސްޓަރަކަށް ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު - ފޮޓޯ: ރައީސް އޮފީސް

ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުން ޑރ. އަލީ ހައިދަރު އިސްތިއުފާ ދެއްވައިފި އެވެ.

މިނިސްޓަރު ހައިދަރު އިސްތިއުފާދެއްވި އިރު، އިސްތިއުފާދެއްވި ސަބަބު ސާފެއް ނުވެ އެވެ. މި ސަރުކާރުގައި ހައިދަރު ފުރަތަމަ ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ.

ހައިދަރުގެ އިސްތިއުފާއާ އެކު މިއަދުގެ މިހާތަނަށް 9 ވަޒީރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެ ބޭފުޅުންނަކީ:

1- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
2- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
3- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
4- ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
5- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
6- އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
7- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
8- ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
9- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން މިދިޔަ ހަފުތާއެއްގެ ތެރޭގައި އިސްތިއުފާ ދެއްވާފައިވެ އެވެ.