ރަހުމް ކުޑަކޮށް މާރާލާފައިވާ ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޢަލީ ޝާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެއްޖެ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލި އެވެ.
އޯގަސްޓް 6، 2022 ގައި މާލޭގެ ހ. ޝީރީންވިލާގައި މަރާލާފައި އޮތްވާ ފެނުނު ޝިޢާއުގެ މަރުގެ މައްސަލާގައި ޝާހިލް ހައްޔަރުކުރީ ސީދާ ކުށުގެ ވެށިންނެވެ.
މި މައްސަލައިގެ އޭނަގެ މައްޗަށް ކުރި ދައުވާތަކުގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާއިރު މި މައްސަލާގައި ދައުވާތައްވެސް ވަނީ ސިއްރުކޮށްފަ އެވެ. މިކަމާއި ގުޅިގެން ޕީޖީން ވިދާޅުވީ، ޝާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިހާތަނަށް ދެ ދައުވާއެއް ސާބިތުވެފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. މީގެ ތެރެއިން ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ޝާހިލްގެ މައްޗަށް ދައުވާ ކުރުމުން 3 އަހަރުގެ ހުކުމެއް ވަނީ ކޮށްފަ އެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލަ ސާބިތު ވުމާއި ގުޅިގެން 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވެ އެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މި މަހުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައިވެ އެވެ.