Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ކެބިނެޓްގައި މިހާރު ތިބީ 10 މިނިސްޓަރުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ކެބިނެޓްގައި މިހާރު ތިއްބެވި މިނިސްޓަރުންގެ އަދަދު 10 އަށް ތިރިވެއްޖެ އެވެ.

ކެބިނެޓްގައި މިހާރު ތިއްބެވި މިނިސްޓަރުންނަކީ:

* ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
* ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން
* އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
* ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
* އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
* އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
* ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
* ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
* ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
* އެޓާނީ ޖެނަރަލް އަހުމަދު އުޝާމް

މިއަދު އިސްތިއުފާ ދެއްވި 10 މިނިސްޓަރުންނަކީ:

* ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން
* ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
* ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް
* ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް
* ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް
* ހެރިޓޭޖް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް
* އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
* ޔޫތު މިނިސްޓަރު އިބްރާހީމް ވަޙީދު
* ލޯކަލް ގަވަރަމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު
* ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު

ރައީސް އޮފީހުން މިއަދު ބުނީ އެ މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް ގެންނަވަން ބޭނުންވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.