Last Updated: June 5, 06:06
Friday, June 5, 2026
ދުނިޔެ

ފައިސާ ލޯންޑަކުރި 90 އަހަރުގެ އަންހެނަކު ޖަލަށް

ދަރިޔަކު މަސްތުވާތަކެތި ޓްރެފިކްކޮށްގެން ހޯދި ފައިސާތަކެއް ލޯންޑަކުރަން އެހީވުމުގެ ކުށް ސާބިތުވެ ދެކުނު ކޮރެއާގައި 90 އަހަރުގެ އަންހެނަކު ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އެ ގައުމުގެ އިންޗޮން ސިޓީގެ ކޯޓުން އިއްޔެ އެ ހުކުމް އިއްވި މީހާ އަށް މަސްތުވާތަކެތި ޓްރެފިކްކޮށްގެން ހޯދި ފައިސާ އިން 9 ފަހަރެއްގެ މަތިން ފައިސާ ޓްރާންސްފާކޮށްފައިވެ އެވެ. އެގޮތުން 2020 ގެ އެޕްރީލް މަހުން ފެށިގެން 2022 ގެ ފެބްރުއަރީ މަހާ ހަމައަށް އެ މީހާގެ އެކައުންޓަށް 386 މިލިއަން ވޮން (260،800 ޑޮލަރު) އެކައުންޓަށް، ޖަމާކޮށް، އެ އެކައުންޓް މެދުވެރިކޮށް އެ ފައިސާ ލޯންޑަކޮށްފައިވާކަން އަންހެން މީހާގެ މައްޗަށް ސާބިތުވެފައިވެ އެވެ.

މި މުއާމަލާތް ހިންގާފައި ވަނީ އަންހެން މީހާގެ ދަރިފުޅު، ސޯންގް ކެމްބޯޑިއޯގައި ހުރެގެންނެވެ. އެގޮތުން މި މުއާމަލާތް ހިންގި ދުވަސްވަރު ފަސް ފަހަރެއްގެ މަތިން އަންހެން މީހާ ދަރިފުޅާ ބައްދަލު އެ ގައުމަށް ދަތުރު ވެސްކޮށްފައިވެ އެވެ.

އަންހެން މީހާގެ މައްޗަށް ދައުވާ ސާބިތުވެ، ހުކުމް އިއްވި ނަމަވެސް އޭނަގެ ނަން ވަނީ ސިއްރުކޮށްފަ އެވެ.

އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނަ އަށް އިއްވި އިރު، ދަރިފުޅު ސޯންގް ހުރީ 2020 އިން ފެށިގެން ކެމްބޯޑިއޯގެ ޖަލެއްގަ އެވެ. އެއީ އެ ގައުމަށް މެތު މެތު ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެގެންނެވެ.