Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

މިއޮތީ "ޗާންދު މޭރާ ދިލްް" ގެ ޓައިޓްލް ލަވަ

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ޗާންދު މޭރާ ދިލްް" ގެ ޓައިޓްލް ލަވަ އާންމުކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހުގެ 22 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމުގެ ޓައިޓްލް ލަވަ ކިޔާފައި ވަނީ އަރަމުން އަންނަ ލަވަކިޔުންތެރިޔާ ފަހީމް އަބްދުﷲ އެވެ. އޭނަ އަކީ މިދިޔަ އަހަރުގެ ބްލޮކްބަސްޓާ ފިލްމު "ސައްޔާރާ" ގެ ޓައިޓްލް ލަވައިގެ ވެސް އަަޑުގެވެރިޔާ އެވެ.

"ޗާންދު މޭރާ ދިލްް" ލަވައިގެ މިއުޒިކް ސަޗިން-ޖިގަރު ހަދާފައިވާ އިރި ލަވައިގެ ޅެން ހެދީ އަމީތާބް ބަޓަޗަރިއާ އެވެ.

ވިވެކް ސޯނީ ޑައިރެކްޓްކޮށްފައިވާ "ޗާންދު މޭރާ ދިލްް" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ ޒުވާން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ އެވެ. "ޗާންދު މޭރާ ދިލްް" އަކީ ލަކްޝްގެ ދެވަނަ ފީޗާ ފިލްމެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ ދަރުމާގެ 2024 ގެ އެކްޝަން ފިލްމު "ކިލްް" އިންނެވެ.

"ޗާންދު މޭރާ ދިލްް" އަންނަ މަހުގެ 22 ގައި ރިލީޒްކުރާ އިރު، ހަމަ އެ ދުވަހު ވަރޫން ދަވަންގެ ރޮމޭންޓިކް ކޮމެޑީ 'ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' ވެސް ސިނަމާތަކަށް ދޫކޮށްލާނެ އެވެ. އޭނަގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާއިންނަކީ މުރްނާލް ތާކޫރާއި ޕޫޖާ ހެގްޅޭ އެވެ.