ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް އިބްރާހިމް ނިޝާން ހަމަޖައްސައިފި އެވެ.
އޭނަ އަކީ ޕަބްލިކް ހެލްތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
އެޗްޕީއޭގެ އިސްވެރިޔާގެ މަގާމު ހުސްވީ، ކުރިން އެ އެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު ޖެނުއަރީ މަހުގެ ތެރޭގައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. އޭނަ އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 17، 2016 ގަ އެވެ.
މައިމޫނާ ރިޓަޔަކުރެއްވުމާ ގުޅިގެމް ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.