Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

ނަހުލާގެ 'މަޖުނޫނު' ޝޫޓް ކުރަން ގެއެެއް ހޯދަނީ

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު 'މަޖުނޫނު' ގެ ޝޫޓްކުރަން ގެެއެއް ހޯދަން ސޯޝަލް މީޑިއާގައި ލޮކޭޝަން ހަންޓަކަށް މިއަދު ހުޅުވާލައިފި އެވެ.

އެ ފިލްމުގެ ސޯޝަލް މީޑިއާގައި މިއަދު ބުނީ ބޭނުން ވަނީ ގަސް ގިނަ ހިސާބެއްގައި އެކަހެރިކޮށް ހުންނަ ގެއެއް ކަމަށެވެ. އެހެންވެ އެފަދަ ގެއެއް ހުރި ރަށެއް އެނގޭ ނަމަ މެސެޖްކޮށް ދޭން އެދިފައިވެ އެވެ.

'މަޖުނޫނު' އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ހަދާ ފިލްމެއް ކަމަށް ނަހުލާ ބުނެފައިވެ އެވެ. މި ފިލްމު މި 7 ގައި އިއުލާންކުރި ނަމަވެސް، ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

'މަޖުނޫނު' ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި އޮތީ މި އަހަރުގެ އޮކްޓޯބަރު 26 ގަ އެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ނަހުލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ސޮރީ' އެވެ. އޭގެ ލީޑް ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ވާޝިޔާ މުހައްމަދެވެ.