ފިޝަރީޒް މިނިސްޓްރީ އާއި އެގްރިކަލްޗަ މިނިސްޓްރީ އަނެއްކާ ވެސް އެއްކޮށްލައި މިނިސްޓަރަކަށް ކުރިން ވެސް ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި އަހުމަދު ޝިޔާމު މިއަދު އައްޔަންކޮށްފި އެވެ.
އޭނަ އެ މަގާމަށް އައްޔަން ފަތްްކޮޅު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ފިޝަރީޒް މިނިސްޓްރީ އާއި އެގްރިކަލްޗަ މިނިސްޓްރީ އަކީ ކުރިން ވެސް ވަކިން ހިންގި ދެ މިނިސްޓްރީ އެވެ. މި ސަރުކާރުން އެ ދެ މިނިސްޓްރީ ވަކިކޮށްލައި، އެގްރިކަލްޗަ މިނިސްޓަރަކަށް އެންމެ ފުރަތަމަ އައްޔަންކުރީ ޑރ. އައިޝަތު ރަމީލާ އެވެ. އޭނަ ސިއްހީ ހާލަތު ހުރި ގޮތުން 2024 ގައި އިސްތިއުފާ ދެއްވުމުން ދެން އެ މަގާމަށް އައްޔަންކުރީ އިއްޔެ އިސްތިއުފާ ދެއްވި ޑރ. މަރްޔަމް މާރިއާ އެވެ.
މިހާރު ފިޝަރީޒް މިނިސްޓްރީ އަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް އެވެ.
ކެބިނެޓަށް ރޭ ގެނައި ބަދަލާ އެކު މިހާރު މިނިސްޓްރީތަކުގެ އަދަދު ވަނީ 15 އަށް މަދުކޮށްފަ އެވެ.