ކުޅުދުއްފުށީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އެ ސިޓީގެ ބަޑިފަސްގަނޑުގޭ އުމުރުން ސުލައިމާން ޙުސައިން، 59، އެވެ.
ފުލުހުން ބުނީ އޭނަ މޫދަށް ދިޔަ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައި ކުޅުދުއްފުށީ ވަނީ މިއަދު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށެވެ. އެއީ މެންދުރު ފަހު 3:00 އެހާކަށް އިރު އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.