އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ދެމުން އައި އެމްއާރްއައިގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
މިކަމާ ގުޅޭ ގޮޮތުން އެ ހޮސްޕިޓަލުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނީ އެމްއާރްއައި މެޝިން މަރާމާތު ކުރުމުގެ ތެރޭގައި މެޝިންގެ ކޮމްޕިއުޓަ އިމޭޖް ނޯޓް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ ތެރޭގައި މެޝިނަށް އިތުރު މައްސަލައެއް ދިމާވެފައިވާތީ އެކަމަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް އެސްޓީއޯ ގުޅިގެން ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެހެންވެ އެމްއާރްއައިގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށް އޭއީއެޗުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެތަނުން މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން އެމްއާރްއައިގެ ހިދުމަތެއް ނުލިބެ އެވެ. އެހެންވެ މިކަމާ ކަންބޮޑުވުން ފާޅުކޮށް ބައެއް މީހުން އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.