Last Updated: July 22, 11:11
Wednesday, July 22, 2026
ޚަބަރު

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

ފުލުހުންގެ މައި އިދާރާ

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެން މިއަދު ހަވީރު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.