Last Updated: July 22, 11:11
Wednesday, July 22, 2026
ޚަބަރު

17 އަހަރު ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަނީ

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން - ފޮޓޯ: ވީނިއުސް

ސަތާރަ އަހަރުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެއީ ދެކުނުގެ ރަށަކަށް ނިސްބަތްވާ ކުއްޖެއްކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.