Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އުރީދޫގެ 18 ވަނަ އުމްރާ ނަސީބުވެރިޔާ ހޮވައިފި

އުރީދޫގެ އުމްރާ ދަތުރު ލިބޭ 18 ވަނަ ނަސީބުވެރިޔާ ހޮވައިފި އެެވެ.

އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ތެރެއިން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނުގެ 18 ވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ސ. ހިތަދޫ، އަމްސަދު ނަޖްމީ އެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ބައިތައް:

* ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް
* ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު.
* ގްރޭންޑް ޕްރައިޒްއަކަށް ދެ މީހަކަށް ހައްޖު ދަތުރެއް

ޕްރޮމޯޝަންގައި ބައިވެރިވެވޭ ގޮތް:

* ކަސްޓަމަރުން މަ 30 ދުވަހުގެ ތެރޭގައި 250ރ. އަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
* އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުން ކުރުމަށް 400ރ. އިން މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑްއޮންއެއް ބޭނުންކުރުން
* ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ލަކީޑްރޯށް ޝަރުތު ހަމަވުން

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ އާއި ވެބްސައިޓުން ލިބޭނެ އެވެ.