Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައިއޮއްވާ ފެނިގެން އިއްޔެ ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި ވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ. އެ މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށާ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަަށް ބުންޏެވެ.