ކުރިން މި އަހަރުގެ އޮގަސްޓް މަހު ގެނެސްދޭން ނިންމި ބޮލީވުޑްގެ ތަރި، ކާތިކް އާރިއަންގެ ފިލްމު "ނާގްޒިއްލާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ދާދި ފަހުން ޝޫޓިން ވެސް ނިންމައިލި މި ކްރީޗާ ކޮމެޑީ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 12 ގަ އެވެ.
"ނާގްޒިއްލާ" ކުރިން ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޮގަސްޓް 14 އަށެވެ.
މި ފިލްމަކީ ދަރުމާ އަށް ކާތިކް ކުޅުނު ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯ އަށް އޭނަ ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ނާގްޒިއްލާ" އަކީ ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބޭ ތަރުހީބަށް ބަލައިފައި ޓްރިލޮޖީއަކަށް ފައްތާ ގޮތަށް ޕްލޭންކޮށްފައި އޮތް ޕްރޮޖެކްޓެވެ. މީގައި ކާތިކްގެ ކެރެކްޓާ އަކީ ހަރުފައަކަށް ބަދަލުވާ އިންސާނެއްގެ ރޯލެވެ.
"ނާގްޒިއްލާ" ގެ ޑައިރެކްޓަރަކީ ކާމިޔާބު ކޮމެޑީ ތުރިލާ ފުކްރޭ ގެ ތިން ފިލްމު ގެނެސްދިން މިރްގްދީޕް ސިންގް ލާމްބާ އެވެ.