ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި މިއަދު ފެން ބޮޑުވުމާ ގުޅިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ފަޔާ އެންޑް ރެސްކިއު ޓީމުން، މާފަންނުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ވާރޭ ވެހޭ އިރަށް މާލޭގައި ފެންބޮޑުވުމަކީ ވަރަށް އާންމު ކަމެކެވެ.
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/JhutKSRBIY
— Maldives National Defence Force (@MNDF_Official) April 16, 2026
މި މައްސަލަ އަށް ދާއިމީ އެކަށީގެންވާ ހައްލެއް މީހާތަނަށް ނުގެނެވި އޮތް އިރު ފެންބޮޑުވުމުގެ ސަބަބުން ތަންތަނަށް ފެން ވަދެ، އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.