Last Updated: June 4, 18:34
Thursday, June 4, 2026
ޚަބަރު

ނިލަންދޫގައި ތެޔޮ ސްޓޭޝަން ހުޅުވައިފި

ފ .އަތޮޅުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަނެއް ހަދައި ޚިދުމަތް ދޭން ފަށައިފި އެވެ.

އެ ސްޓޭޝަން ގާއިމުކުރީ ނިލަންދޫގަ އެވެ.

ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ހަދަން ނިންމާފައިވާ އިރު، މިހާތަނަށް 5 ސްޓޭޝަނެއް ނިންމައި ހިދުމަތް އަންނަނީ ދެމުންނެވެ. އެ ރަށްތަކަކީ ނިލަންދޫގެ އިތުރުން ހއ. އިހަވަންދު އައި ހދ. ހަނިމާދު އާއި ރ. ދުވާފަރުގެ އިތުރުން ބ. އޭދަފުއްޓެވެ.

މިހާތަނަށް އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން ދެމުން އައިސްފައި ވަނީ އައްޑޫ ގަމާއި ހުޅުމީދު އައި ފުވައްމުލަކާއި ކޫއްޑު އާއި ތިނަދޫގެ އިތުރުން ޅ. ފެލިވަރުގަ އެވެ.

އަށާރަ ރަށެއްގައި އެފްއެސްއެއެމްހެ ތެޔޮ ސްޓޭޝަން ގާއިމު ކުރަން ކުރިއަށް ގެންދާ މަޝްރޫއު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަކީ އެސްޓީއޯގެ އަމާޒެކެވެ.