Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މެންބަރުންގެ އިންޝުއަރެންސަށް ބަޔަކު ހޯދަނީ

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ހިދުމަތް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރިން މެންބަރުކަން ކުރެއްވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށް ދޭނެ ޝައުގުވެރިވާ އިންޝުއަރެންސް ކުންފުުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

މިނިސްޓްރީން ބުނީ މިކަމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ކަމަށެވެ.