Last Updated: June 5, 06:06
Friday, June 5, 2026
މުނިފޫހިފިލުވުން

"ދޫމް 3" ގެ ޑައިރެކްޓަރުގެ ފިލްމެއް ޓައިގާ އަށް

އާމިރު ޚާން ޑަބަލް ރޯލެއް ކުޅުނު ދޫމް 3 ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އާ ފިލްމަށް ޓައިގާ ޝްރޮފް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ނަން އަދި ކަށަވަރު ނުވާ މި އެކްޝަން ތުރިލާގެ ޝޫޓިން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ އިރު، މިއީ ވިނޯދް ބަނުޝާލީ ޓޯނީ ޑި ސޫޒާ ޕްރޮޑިއުސްކުރާ ފިލްމެއް ކަމަށެވެ.

ޓައިގާގެ އިތުރުން ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ދޫމް ފްރެންޗައިޒްގެ ތިން ވަނަ ބައި 2013 ގައި ގެނެސްދިން ވިކްޓާގެ އެންމެ ފަހުގެ ފިލްމަކީ އެ ސްޓޫޑިއޯގެ 2023 ގެ ކޮމެޑީ ޑްރާމާ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ. އެވެ. އޭގެ ތަރިންނަކީ ވިކީ ކޯޝަލާއި މަނޫޝީ ޗިލާރެވެ.

ވިކްޓާގެ އާ ފިލްމަށް ޓައިގާ ސޮއިކުރި އިރު އޭނަ މިހާރު އަންނަނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް މެހެތާ ޑައިރެކްޓްކުރާ "ލަގް ކާ ގަލޭ" އާއި މުރާދު ކެތާނީ ޕްރޮޑިއުސްކޮށް ސަޗިން ރަވީ ޑައިރެކްޓްކުރާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ޓައިގާ އޮތީ ޑައިރެކްޓަރު ރާމް މަދުވާނީގެ އާ ފިލްމު "ވަޖްރާ" އަށް ވެސް ސޮއިކޮށްފަ އެވެ.

އެކްޝަން ތަރިއެއްގެ ގޮތުގައި މަޝްހޫރު ޓައިގާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބާގީ 4" އެވެ.