ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.
މި ކަދުރު ރަސްމީކޮށް ވަނީ އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފަ އެވެ.
އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ސަޢުދީގެ ފަރާތުން ކަދުރު ހަވާލުކޮށް ދެއްވީ އެ ގައުމުން ހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެވެ. މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑަައިގަތީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ސަޢުދީގެ އިސްލާމިކް މިނިސްޓްރީން މީގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށް 15 ޓަނުގެ ކަދުރު ވެސް ހަދިޔާކޮށްފައިވެ އެވެ. އެ އެކި ދާއިރާތަކުގެ ފަރާތްތަކަށް މިނިސްޓްރީން ވަނީ ހަދިޔާކޮށްފަ އެވެ.
އާންމުކޮށް ސައުދީން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ދެމުން އައިސްފައި ވަނީ ކޮންމެ އަހަރެއްގެ ރޯދަ ދިމާކޮށެވެ. އަދި ކަދުރު ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ބަހަ އެވެ.