އޭޕްރިލް މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭ އެކަނިވެސް ވަގަށްނެގި 1،461،315 ރުފިޔާގެ ތަކެތި ފުލުހުން އަނބުރާ ހޯދައިފި އެވެ.
ފުލުހުން ބުނީ މި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ވައްކަންކޮށްގެން ރިޕޯޓްކޮށްފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި ހޯދުމަށް ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ޖުމްލަ 1،461،315 ރުފިޔާގެ ތަކެތި މިހާތަނަށް ވަނީ އަނބުރާ ހޯދިފަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައްކަން ކުރި ސާމާނު ހޯދުމުގައި އެންމެ ކުރީގައި އުޅެނީ ގަލޮޅު ޕޮލިސް ސްޓޭޝަނެވެ. އެ ސްޓޭޝަނުން ވަނީ 710،406 ރުފިޔާގެ ތަކެތި ހޯދާފައެވެ. ދެވަނައަށް އެންމެ ގިނަ ތަކެތި ހޯދާފައިވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނުންނެވެ.
ޕޮލިސް ސްޓޭޝަނުން ތަކެތި ހޯދި އަދަދު:
ގަލަޅު ޕޮލިސް – 710،406 ރުފިޔާގެތަކެތި
ހެންވޭރު ޕޮލިސް – 490،286 ރުފިޔާގެތެކެތި
މާފަންނު ޕޮލިސް – 260،623 ރުފިޔާގެތަކެތި