ކޮންމެ މީހަކީވެސް އުފަލާއި އަރާމުގައި އުޅެން ބޭނުންވާނެ މީހެކެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އުފާވެރިކަން ގެނެސްދޭ ސަބަބުތަކުގައި ހިފުމެވެ.
އެ ސަަބަބުތަކަކީ:
1. އީމާންތެރިކަމާއި ހެޔޮ ޢަމަލު.
2. ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން.
3. ދީނީ ޢިލްމު އުނގެނުން.
4. ގިނަގިނައިން ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުން.
5. އެހެން މީހުންނަށް ހެޔޮ ފޯރުވުން.
6. ތިބާ އަށް ވުރެ ދަތި ޙާލުގައި އުޅޭ މީހުންގެ ޙާލަތާ މެދު ވިސްނާ، ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުން.
7. އާޙިރަތްދުވަހަށް ތައްޔާރުވުމާއި ތިބާގެ ހުރިހާވެސް ކަންބޮޑުވުމަކީ ދުނިޔެ ކަމުގައި ނުހެދުން.
8. ޖަޒާ ލިބުމުގެ ގޮވައްޗަކީ އާޙިރަތްކަމުގައި ހިތުގެ އަޑިން ޤަބޫލް ކުރުމާއި، ދުނިޔެ މަތީގައި ތިބާގެ ރޭވުންތަކާ އެއްގޮތަށް ހުރިހާ ކަމެއް ނުގޮސްފާނެ ކަމަށް ޤަބޫލް ކުރުން.
9. ހެޔޮލަފާ ޞާލިޙް އެކުވެރިން ގެންގުޅުން.
10. ދުނިޔެ އާއި އާޙިރަތުގެ ބާއްޖަވެރި ކަމަށް އެދި ގިނަގިނައިން ދުޢާ ކުރުން.
މަސްދަރު: އިލްމު.އެމްވީ