ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އަޔޫޝްމަން ކްރާނާ އާއި ސާރާ އަލީ ޚާން ކުޅޭ ސްޕައި ކޮމެޑީ "އުޅުތާ ތީރު" މި އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
މި ފިލްމަކީ ދަރުމާ އާއި ޕްރޮޑިއުސަތު ގުނީތު މޮންގާގެ ސިކިއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ. "އުޅުތާ ތީރު" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އާކާޝް އޭ ކޯޝިކް ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މި ފިލްމަކީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު އަޔޫޝްމަން ދަރުމާ އަށް ކުޅޭ ފުރަތަމަ ފިލްމެވެ.
އޭނަ އާއި ސާރާގެ "އުޅުތާ ތީރު" ރިލީޒް ކުރާ ތާރީހު އިއުލާންކުރި އިރު، ސާރާ އާއި އަޔޫޝްމަން ހިމެނޭ އެހެން ފިލްމެއް ވެސް އޮތީ ވަރަށް އަވަހަށް ސިނަމާތަކށް ގެންނަން ޕްލޭންކޮށްގަ އެވެ. އެއީ ޑައިރެކްޓަރު މުދައްސަރު އަޒީޒްގެ "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އެވެ.
މީގެ ކާސްޓްގައި ރަކުލް ޕްރީތު ސިންގް އާއި ވަމީގާ ގައްބީ ވެސް ހިމެނެ އެވެ.