ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ތިން ބެޗް އިއްޔެ ފަށައިފި އެވެ.
ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ،6, 7 އަދި 8 ވަނަ ބެޗްގައި 115 މީހުން ބައިބެރިވެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯސް ފަރުމާކޮށްފައި ވަނީ ކަރެކްޝަންގެ މަސައްކަތްތަކަށް ހާއްސަކޮށްގެންނެވެ. މި ކޯހުގެ މައިގަނޑު މަގުސަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ދަސްކޮށް ދިނުމެވެ.
މިއީ ރާއްޖޭގައި މި ދާއިރާ އިން ހިންގާ ފުރަތަމަ ކޯސް ވެސް މެ އެވެ. ކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބޭނެ އެވެ.
މި ކޯހުގެ މޮޑިއުލްތައް ނަންގަވައި ދެއްވާމީ އައިކޯސްޓްގެ މުދައްރިބުންނާއި އެމްސީއެސްގެ ފަންނީ ބައެއް އޮފިސަރުންނާއި ސިވިލް މުވައްޒަފުންނެވެ.