ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ އިމްރާން ޕާޝާ ކިޔާ 33 އަހަރުގެ މީހަކާއި އޭނަގެ އަންހެނުން، 27 އަހަރުގެ ކްރިސް އެމްބްރޯސިއާ އެވެ.
މި ދެ މީހުންގެ މައްޗަށް ވަނީ ހރާއްޖެއަށް މަސްތުވާތަކެތި ސްމަގްލްކޮށް، ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުކޮށްފަ އެވެ. އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ޖަހާފައިވެ އެވެ.
އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ދެމަފިރިން ރާއްޖެ އައި އިރު ގެނައި ލަގެޖުން 2.4 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.