Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކުޑަކުއްޖަކު ގަހެއްގައި ބަދެފައި ބެހެއްޓި މައްސަލައެއް ބަލަނީ

ކުޑަކުއްޖަކު ގަހެއްގައި ބަދެފައި ބެހެއްޓި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ މިއަދު 13:10 އެހާކަންހާއިރު އަޕާ ނޯތް ޕޮލިސް ހިމެނޭ ރަށެއްގައި އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލެއް ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.