ހއ. ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެރަށަށް ގެންދިޔަ އައު ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު، ޚިދުމަތް ދޭން ފަށައިފި އެވެ.
ފެނަކައިން ބުނީ ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެރަށަށް ގެންދިޔަ އައު ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ތަކަންދޫއަށް ގެންގޮސް ބޭނުންކުރަން ފެށީ 250 ކިލޯވޮޓުގެ އައު ޖެންސެޓެކެވެ.
ރާއްޖޭގެ އެކި އަތޮޅުތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރަށްތަކުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށްލެވެ އެވެ.