Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ކެނަބިސް ޓްރެފިކްކުރި މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލެެއްގައި ހުކުމް ކުރަން ޖެހޭ މީހަކު ކޯޓަށް ހާޒިރުކުރުމަށްޓަކައި އޭނަ ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ ގދ. ވާދޫ، އަސްރަފީހޭ މުޙައްމަދު ޝަރީފް، 49، ކަމަށެވެ.

އޭނަ ހޯދަން ފުލުހުން އިއުލާންކުރީ ހުކުމް ކުރުމަށް ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންވެ ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.