Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ވަގަށް ނެގި ޖީންސްތަކެއް ހޯދައިފި

އައްޑޫ ހިތަދޫ ގެއަކުން ވަގަށް ނެގި ޖީންސްތަކަކާއި ސެންޓްފުޅިތަކެއް ފުލުހުން ހޯދައިދި އެވެ.

އެ ތަކެތި ހިތަދޫ ފުލުހުން ހޯދި އިއްޔެ ރޭ ރިޕޯޓްކުރި ވައްކަމާ ގުޅިގެންނެވެ. އެގޮތުން ވަގަށް ނަގާފައި ވަނިކޮށް ހޯދި ތަކެތީގެ ތެރޭގައި ޖީންސާއި ސެންޓްފުޅިތަކާއި ފޯނަކާއި އިއަބަޑަކާއި ޗާޖަރުތަކެއްގެ އިތުރުން އަތުކުރީ ގަޑިއަކާއި ބޮލުގައި ލާ ޖެލް ޓިއުބެއް ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ ތަކެތި ރޭ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.