މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި އެވެ.
އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ބޭނުންކޮށްގެން ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މިކަމަށްޓަކައި ލިންކަށް ވަނުމަށް ފަހު ވެބްސައިޓްގައި ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް ދިއުމުން ދަތުރު ބުކްކޮށް ފައިސާ ދެއްކޭނެ އެވެ.
ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން 1655 އަށް ގުޅައިގެން ވެސް ޓެކްސީ ބުކް ކުރެވޭނެ އެވެ.
We would like to inform our valued customers that Malé Taxi Line will begin collecting fares from now.
Book and pay via our web app:
🔗 https://t.co/gGbPzIYWTk
(You can also scan the QR code in this post)Alternatively, call our hotline 1655 to book and pay.
We look forward to… pic.twitter.com/PKd8XkTdB9
— MTCC Plc (@MTCCPlc) April 17, 2026
ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށީ މި މަހުގެ 2 ގަ އެވެ. އެ ހިދުމަތަށް ބޭނުން ކުރަނީ އިލެކްޓްރިކް ވެހިކަލް (އީވީ) އެވެ. ޓެކްސީ ލައިންވެ ހިދުމަތަށް އަގު ނަގަން ފެށުމުގެ ކުރިން ހިދުމަތް ތައާރަފުކުރި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ހިލޭ ދަތުރު ކުރުމުގެ ފުރުސަތު އާންމުންނަށް އޮތީ ހުޅުވާލައިފަ އެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި އައްޑޫގައ ވެސް ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ އެވެ.