Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އައްޑޫ ސާފު ކުރުމުގެ ހަރަކާތެއް ފަށައިފި

އައްޑޫގައި ސާފު ކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފި އެވެ.

ސިޓީ ކައުންސިލުން އިންތިޒާމުކުރި މި ހަރަކާތްތައް އަވަށްތަކުގައި ބާރަށް ކުރިއަށްދާ އިރު، އާންމު ތަންތަނާއި ފަޅުގޯތިތައް ވެސް ސާފު ކުރަން ހަމަޖެހިފައިވެ އެވެ.

މި ހަރަކާތުގައި އަވަށު އޮފީސްތަކުގެ މުވައްޒަފުންގެ އިތުރުން އެކިއެކި އޮފީސްތަކާއި ސްކޫލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެ އެވެ.

ސާފު ކުރުމުގެ ބޮޑު މި ހަރަކާތަކީ މި ދުވަސްވަރު ޑެންގީ ހުން އިތުރުވަމުންދާތީ މަދިރި ނައްތާލުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ހާއްސަކޮށް ގިނަ ފަޅު ގޯތިތައް ސާފުނުކޮށް ހުންނާތީ އެފަދަ ތަންތަން ގޮނޑުވެ، މަދިރި އުފެދޭ ގޮތަށް ހުންނާތީ މިއަދުގެ ހަރަކާތުގެ ތެރޭގައިު އެފަދަ ތަންތަން ސާފުކޮށް، މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތައިލާނެ އެވެ،