Last Updated: June 4, 23:58
Thursday, June 4, 2026
މުނިފޫހިފިލުވުން

ކުރީގެ މިސް ވޯލްޑް މަނޫޝީ ރާއްޖޭގައި

މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވާ އިންޑިއާގެ ބަތަލާ މަނޫޝީ ޗިލާރް އަނެއްކާ ވެސް ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.

އޭނަ މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕަޓީނާ މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެެއް ފޮޓޯތައް މަނޫޝީ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

އަކްޝޭ ކުމާރާ އެކު 2022 ގެ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް" އިން އެކްޓިން އަށް ނުކުތް މަނޫޝީ އަކީ 2017 ގެ މިސް ވޯލްޑެވެ. އޭނަގެ ދެ ފިލްމެއް މިދިޔަ އަހަރު ގެނެސްދީފައިވެ އެވެ. އެއީ ރާޖްކުމާރު ރާއޯއާ އެކު ކުޅުނު "މާލިކް" އާއި ޖޯން އަބްރަހަމާ އެކު ކުޅުނު "ތެހެރާން" އެވެ.

މަނޫޝީ، 28. ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލްގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އާއި ދެކުނުގެ އެކްޓަރު ވަރޫން ތޭޖްގެ "އޮޕަރޭޝަން ވެލެންޓައިން"ގެ އިތުރުން އަކްޝޭ އާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ ޗޯޓޭ މިއާ" ހިމެނެ އެވެ.

އިންޑިއާގެ ފިލްމީ ތަރިން ވަރަށް ގިނައިން މިހާރު ޗުއްޓީ އަށް ރާއްޖެ އަންނަ އިރު، އެ ގައުމަކީ ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ.