އަޔަލޭންޑްގެ ބޮޑު ކުށްވެރިޔަކު ދުބާއީ އިން ހައްޔަރުކޮށްފި އެވެ.
މިދިޔަ ބުފަ ދުވަހު ހައްޔަރުކުރި ޑެނިއަލް ކިނަހާން، 48، ދުބާއީން އިން އަތުލައިގަތީ އޭނަ އަޔަލޭންޑަށް ފިލައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަދި އޭނަ ދުބާއީ އިން ހައްޔަރުކުރި އަޔަލެންޑްގެ ކޯޓަކުން ދުބާއީގެ ޔޫއޭއީގެ ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ހޯދަން އޮޕަރޭޝަނެއް ހިންގާތާ 48 ގަޑިއިރު ފަހުން ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
ކިނަހާންގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑެތި ކުށްތަކުގެ ތެރޭގައި ގައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މީހުން މެރުން ފަދަ މައްސަލަތައް ހިމެނެ އެވެ.
އޭނަ އަކީ އެމެރިކާ އިން ވެސް އަތުލައިގަންނަން މަސައްކަތް ކުރަމުން އައި މީހެކެވެ.