Last Updated: June 4, 23:58
Thursday, June 4, 2026
ދުނިޔެ

ލަންކާގެ ހަކަތަ މިނިސްޓަރު އިސްތިއުފާ ދީފި

ތެލުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެފައި ވަނިކޮށް ސްރީ ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު ކުމާރަ ޖަޔަކޮޑީ އިސްތިއުފާ ދެއްވައިފި އެވެ.

އޭނަގެ އިތުރުން އެނަޖީ މިނިސްޓްރީގެ ސެކްރެޓަރީ އުދަޔަންގާ ހެމަޕާލާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.

މީޑިއާތަކުން ބުނީ ހަކަތައާ ބެހޭ މިނިސްޓަރު އިސްތިއުފާ ދެއްވީ ތެލުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެ ގައުމަށް ފެންވަރު ދަށް ބޯޓްދެލި އެތެރެ ކުރުމަށް މިނިސްޓަރު އިސްކޮށް ހުންނަވައިގެން ހިންގެވި މުއާމަލާތަކާ ގުޅިގެން އެކަން ތަހުގީގު ކުރަން ފަށާފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށެވެ.

ކޮޮރަޕްޝަންގެ ތުހުމަތާ އެކު ހަކަތައާ ބެހޭ މިނިސްޓަރު އިސްތިއުފާ ދެއްވި އިރު، އޭނަ އަކީ 2014 ގައި ވެރިކަމަށް ވަޑައިގެންނެވި އަނޫރަ ކުމާރަ ޑިސަނަޔަކެގެ ސަރުކާރުން އިސްތިއުފާ ދެއްވި ފުރަތަމަ މިނިސްޓަރެވެ.

ބޯޓްދެލީގެ މުއާމަލާތުގެ މައްސަލައިގެ ފުރިހަމަ ތަހުގީގަކަށް ރައީސް ޑިސަނަޔަކެ ވެސް ވަނީ ގޮވާލައްވައިފަ އެވެ.