ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކްރާނާގެ މި އަހަރުގެ ފުރަތަމަ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އަންނަ މަހުގެ 15 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.
މި ރޮމޭންޓިކް ކޮމެޑީ އަކީ ޑައިރެކްޓަރު މުދައްސަރު އަޒީލް 2019 ގައި ގެނެސްދިން "ޕަތީ ޕަތުނީ އޯރް ވޯ" އާ ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. އެކަމަކު ކުރީގެ ފިލްމުގެ ކާސްޓުންނެއް އާ ފިލްމަކު ނުހިމެނެ އެވެ. "ޕަތީ ޕަތުނީ އޯރް ވޯ" ގެ ލީޑް ތަރިންނަކީ ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕިޑްނޭކަރެވެ.
އަޔޫޝްމަނާ އެކު "ޕަތީ ޕަތުނީ އޯރް ވޯ ދޯ" އިން ތިން ބަތަލާއަކު ފެންނާނެ އެވެ. އެއީ ސާރާ އަލީ އަލީ ޚާނާއި ރަކުލް ޕްރީތު ސިންގުގެ އިތުރުން ވަމީގާ ގައްބީ އެވެ. މީގެ ތެެރެއިން ސާރާ އާއި ވަމީގާ އަކީ އަލަށް، އަޔޫޝްމަަނާ އެކު ފިލްމަކުން ދެ ތަރިންނެވެ.
ރަކުލްއާ އެކު އޭނަ ކުޅެފައިވާ ފިލްމަކީ 2022 ގެ "ޑޮކްޓާ ޖީ" އެވެ. އަޔޫޝްމަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ތާމާ" އެވެ.
"ޕަތީ ޕަތުނީ އޯރް ވޯ ދޯ" ގެ އިތުރުން ކާމިޔާބު އެކްޓަރުގެ އެހެން ދެ ފިލްމެއް ވެސް މި އަހަރު ރިލީޒްކުރާނެ އެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑްކްޝަންގެ ސްޕައި ކޮމެޑީ "އުޅުތާ ތީރު" އާއި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާއިލީ ލޯބީގެ ފިލްމު "ޔޭ ޕްރޭމް މޯލް ލިއާ" އެވެ.
"އުޅުތާ ތީރު" ގެ ބަތަލާ އަކީ ސާރާ އެވެ. އަދި "ޔޭ ޕްރޭމް މޯލް ލިއާ" ގެ ބަތަލާ އަކީ ޝަރްވާރީ ވާގެވެ.