Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޅ. އަތޮޅުން ކިނބުލެއް ހިފައިފި

ޅ. އަތޮޅު ފަޅުރަށަކުން މިއަދު ކިނބުލެއް ހިފައިފި އެވެ.

އެ އަތޮޅުން ވާ ދިއްދޫން އެ ކިނބޫ ފެނިފައިވަނީ ޑިންގީއެއްގައި ރަށަށް ދިޔަ ބަޔަކަށެވެ.

ކިނބޫ މިހާރު އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ. އެތަނުން ބުނީ އެ ކިނބުލުގެ ދިގުމިނުގައި 5 ފޫޓު ހުރި ކަމަށާއި ކިނބޫ ފެނުމާއެކު އެ ރަށަށް ދިޔަ މީހުން އޭތި ހިފުމަށްފަހު ޅ. ނައިފަރަށް ގެންދިޔަ ކަމަށެވެ. އަދި އެ ޢުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ނައިފަރަށް ގޮސް، އެ ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އޭތި މިހާރު އޮތީ ސިފައިންގެ ނޮދަން އޭރިޔާގެ ހެޑްކުއާޓާސް ހުންނަ ރަށް ޅ.މާފިލާފުށީގަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނިފައިވެ އެވެ.