މާލޭގެ ގައެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ މާފަންނު މައިމަގުގޭގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ހަވީރު 4:20 ހާއިރު ފަޔަ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
އެގޮތުން، ރޯވި އަލިފާން 4:50 ހާއިރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.