Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އިންތިހާބުގެ ދެވަނަ ބުރު: ގިނަ ގޮނޑިތައް ޕީއެންސީ އަށް

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގިނަ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ޕީއެންސީން ވަނީ، ފަސް ގޮނޑީގެ ތެރެއިން ތެރެއިން ތިން ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ޕީއެންސީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި އަންހެނުން ކޮމިޓީގެ ތިން ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ، ކެލާ، ނޭކުރެންދޫގެ އިތުރުން މާވަށުންނެވެ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއެވެ. އަދި ފުވައްމުލައް ދަޑިމަގު ދާއިރާއަށް ކައުންސިލް މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓެވެ.

މި އިންތިހާބުގައި 3،800 އަށްވުރެ ގިނަ މީހުން ވަނީ ވޯޓު ލާފައެވެ.