Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޑްރަގްސް އެތެރެކުރި ދިވެހި 2 އަންހެނަކު ހައްޔަރަށް

ވައިގެމަގުން ރާއްޖެ އަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދިވެހި ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ..

ފުލުހުން ބުނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގ. މުތީގެއާގެ، މާލެ، ޢަލްޔާ ޝަރްސާ ނަޞީރު، 25، އާއި ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ، 29، ކަމަށެވެ.

މި ދެ މީހުންގެ ތެރެއިން ޢަލްޔާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ރޫނާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހަމަ އެ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިންނެވެ.

މޮ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިނިމަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ އިރު، ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.