Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

އޭއީއެޗަށް މެޑިކަލް ގައުން ހޯދަން ބީލަމަށް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް މެޑިކަލް ގައުން ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ މިކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިިވެރިވާން މިއަދުން ފެށިގެން މި މަހުގެ 28 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ރަޖިސްޓްރީ ވާނީ މި ލިންކް forms.office.com/r/T1tDUZd6JS މެދުވެރިކޮށެވެ.

އޭއީއެޗުން ބުނީ ރެޖިސްޓްރީނުވާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަންނާނެ ކަމަށެވެ. ބީލަން ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހޮސްޕިޓަލްގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ހާޒިރުވެ އެވެ.

އޭއީއެޗުން ބުނީ މި ބީލަމާ ބެހޭ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުން ނަމަ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން މި މެއިލް [email protected] މެދުވެރިކޮށް މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.