Last Updated: June 4, 23:58
Thursday, June 4, 2026
މުނިފޫހިފިލުވުން

ދީޕީކާ އަށް ދެވަނަ ދަރިޔަކު ލިބެނީ

އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ދެވަނަ ދަރިފުޅަށް ބަލިވެއިންކަން މިއަދު އިއުލާންކޮށްފި އެވެ.

އެކަން މިއަދު އިންްސްޓަގްރާމްގައ އިއުލާންކޮށްފައި ވަނީ މި އަހަރު 2 އަހަރު ފުރޭ ފުރަތަމަ ދަރިފުޅު ދުއާ ޕަދްކޯން ސިންގުގެ ފޮޓޯއަކާ އެކީގަ އެވެ. ކެޕްްޝަނެއް ނެތް އެ ފޮޓޯގައި ދީޕިކާ ބަލިވެއިންކަމުގެ އިޝާރާތް ދީފައި ވަނީ ދަރިފުޅުގެ އަތުގައި އޮތް ޕްރެގްނަންސީ ޓެސްޓް ކިޓުންނެވެ.

ދީޕިކާ އާއި މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ކައިވެނިކުރީ 2018 ގަ އެވެ. އެ ދަރިންގެ ފުރަތަމަ ދަރިފުޅު ދުއާ އުފަންވީ ސެޕްޓެމްބަރު 8، 2024 ގަ އެވެ.

އިންޑިއާގެ މިހާރުގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން މިއަދު އިއުލާންކުރި އިރު، އޭނަ އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރުގެ ޑިސެންބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' އާއި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ އައްލޫ އަރުޖުންގެ 'ރާކާ' އެވެ.

އެ ފިލްމަކީ 2023 ގައި ރިލީޒްކުރި ޝާހްރުކާއި ދީޕިކާގެ 'ޖަވާން' ގެ ޑައިރެކްޓަރު އެޓްލީގެ ފިލްމެކެވެ.

ދީޕިކާގެ ފިރިމީހާ ރަންވީރަކީ މިހާރު އިންޑިއާގެ އެންމެ ބޮޑު ހިޓް ކަމަށްވާ 'ދުރަންދަރު' ގެ ދެ ބައިގެ ބަތަލެވެ. އޭނަ މިހާރު އަންނަނީ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ 'ޕްރަލޭ' ކިޔާ ޒޮމްބީ ތުރިލާއެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އޭގެ ޑައިރެކްޓަރަކީ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ އެވެ.